އަން-ނިސާއް · 61/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا ۝٦١
Wa izaa qeela lahum ta`aalaw ilaa maaa anzalallaahu wa ilar Rasooli ra aital munaafiqeena yasuddoona `anka sudoodaa
📖 ދިވެހި މާނަ
އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافق ން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 59-63 — އަން-ނިސާއް

59يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ
60أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكم ލިބިގަންނާން، އުރެދުންތެރިކަން ބޮޑުފަރާތަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافر ވުމަށް އެއުރެންނަށް أمر ކުރައްވާފައިވާ حال ގައެވެ. އަދި، شيطان އާ އެދެނީ، (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ
61وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا
އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافق ން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ
62فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا
އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން إحسان ތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން قصد އެއް ނުކުރަމުއޭ ދަންނަވައި، اللَّه ގަންދީ ހުވާކުރަމުން ކަލޭގެފާނުންގެ އަރިހަށް އާދެއެވެ
63أُولَٰئِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا
އެއުރެންނަކީ، އެއުރެންގެ ހިތްތަކުގައިވާ ގޮތްތައް، اللَّه ދެނެވޮޑިގެންވާ މީހުންނެެވެ. ފަހެ، (ކަލޭގެފާނު އެއުރެންނާ عقوبات ދެއްވުން ފިޔަވައި) ކަލޭގެފާނު ދުރުހެލިވެވަޑައި ގަންނަވާށެވެ! އަދި، އެއުރެންނަށް وعظ އާއި نصيحة އިއްވަވާށެވެ! އަދި، އެއުރެންގެ نفس ތަކާމެދު އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅަކުން އެއުރެންނާ ވާހަކަފުޅު ދައްކަވާށެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
61އާޔަތް

ތަރުޖަމާ — އަން-ނިސާއް 61

ސޫރަތު އަން-ނިސާއް އާޔަތް 61 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން…

ސޫރަތު އާޔަތް 61/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 59–63. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers