ޣާފިރު · 5/85
ތަރުޖަމާ ކިޔެވުން — ޣާފިރު
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَالْأَحْزَابُ مِن بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَادَلُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ ۝٥
Kazzabat qablahum qawmu Noohinw wal Ahzaabu mim ba`dihim wa hammat kullu ummatim bi Rasoolihim liyaa khuzoobhu wa jaadaloo bilbaatili liyudhidoo bihil haqqa fa akhaztuhum fakifa kaana `iqaab
📖 ދިވެހި މާނަ
އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة ތަކުގެ މީހުން (رسول ން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّة އެއްގެ ބަޔަކު، އެބަޔެއްގެ رسول އަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطل ގޮތުގައި (رسول ންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطل ގޮތް މެދުވެރިކޮށް حق ގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 3-7 — ޣާފިރު

3غَافِرِ الذَّنبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ ۖ لَا إِلَٰهَ إِلَّا هُوَ ۖ إِلَيْهِ الْمَصِيرُ
(އެކަލާނގެއީ) ފާފަފުއްސަވާ، توبة قبول ކުރައްވާ، عقوبات ގަދަފަދަ، نعمة ތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. (އެންމެހާ ތަކެތި) رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ
4مَا يُجَادِلُ فِي آيَاتِ اللَّهِ إِلَّا الَّذِينَ كَفَرُوا فَلَا يَغْرُرْكَ تَقَلُّبُهُمْ فِي الْبِلَادِ
كافر ވިމީހުން މެނުވީ، اللَّه ގެ آية ތަކާމެދު ޖަދަލުކޮށެއް ނަހަދަތެވެ. ފަހެ، އެއުރެން ރަށްތަކުގައި އެގޮތްމިގޮތަށް އުޅުން (އެބަހީ: އެއުރެން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިިޔަ ނުދޭހުށިކަމެވެ
5كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَالْأَحْزَابُ مِن بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَادَلُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة ތަކުގެ މީހުން (رسول ން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّة އެއްގެ ބަޔަކު، އެބަޔެއްގެ رسول އަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطل ގޮތުގައި (رسول ންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطل ގޮތް މެދުވެރިކޮށް حق ގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟
6وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِينَ كَفَرُوا أَنَّهُمْ أَصْحَابُ النَّارِ
كافر ވިމީހުންގެ މައްޗަށް، ހަމަކަށަވަރުން، އެއުރެންނަކީ، ނަރަކައިގެ أهل ވެރިންކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު حق ވެގެންވަނީ އެފަދައިންނެވެ
7الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
عرش އުފުއްލަވާ ملائكة ންނާއި، އޭގެވަށައިގެންވާ ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبح ދަންނަވަތެވެ. އަދި އެކަލާނގެއަށް إيمان ވެތެވެ. އަދި إيمان ވިމީހުންނަށް ފާފަފުއްސެވުމަށް دعاء ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެއުރެން މުއްތިކުރައްވާނދޭވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
5އާޔަތް

ތަރުޖަމާ — ޣާފިރު 5

ސޫރަތު ޣާފިރު އާޔަތް 5 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة…

ސޫރަތު އާޔަތް 5/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 3–7. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers