ޣާފިރު · 55/85
ތަރުޖަމާ ކިޔެވުން — ޣާފިރު
فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَاسْتَغْفِرْ لِذَنبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ ۝٥٥
Fasbir inna wa`dal laahi haqqunw wastaghfir lizambika wa sabbih bihamdi Rabbika bil`ashiyyi wal ibkaar
📖 ދިވެހި މާނަ
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمد އާއެކު تسبيح ވިދާޅުވާށެވެ
🎧 އަޑު އަހާ

📜 އާޔަތް 53-57 — ޣާފިރު

53وَلَقَدْ آتَيْنَا مُوسَى الْهُدَىٰ وَأَوْرَثْنَا بَنِي إِسْرَائِيلَ الْكِتَابَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إسـرآءيـل ގެދަރިންނަށް ފޮތް ވާރުތަކުރެއްވީމެވެ
54هُدًى وَذِكْرَىٰ لِأُولِي الْأَلْبَابِ
(އެއީ) ބުއްދީގެ أهل ވެރިންނަށް ތެދުމަގެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ
55فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَاسْتَغْفِرْ لِذَنبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمد އާއެކު تسبيح ވިދާޅުވާށެވެ
56إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ ۚ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
ހަމަކަށަވަރުން، اللَّه ގެ آية ތަކާމެދުގައި، އެއުރެންނަށް ލިބިފައވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެއުރެންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެތެވެ. އެއުރެންއެދޭ ކަންތަކަކަށް އެއުރެން ނުފޯރާނެއެވެ. ފަހެ، ކަލޭގެފާނު اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
57لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
55އާޔަތް

ތަރުޖަމާ — ޣާފިރު 55

ސޫރަތު ޣާފިރު އާޔަތް 55 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ.…

ސޫރަތު އާޔަތް 55/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 53–57. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers