އައް-ޒުޙްރުފް · 33/89
ތަރުޖަމާ ކިޔެވުން — އައް-ޒުޙްރުފް
وَلَوْلَا أَن يَكُونَ النَّاسُ أُمَّةً وَاحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِالرَّحْمَٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ ۝٣٣
Wa law laaa any yakoonan naasu ummatanw waahidatal laja`alnaa limany yakfuru bir Rahmaani libu yootihim suqufam min fiddatinw wa ma`aarija `alaihaa yazharoon
📖 ދިވެހި މާނަ
އަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ ރަސްކަލާނގެއަށް كافر ވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ
🎧 އަޑު އަހާ

📜 އާޔަތް 31-35 — އައް-ޒުޙްރުފް

31وَقَالُوا لَوْلَا نُزِّلَ هَٰذَا الْقُرْآنُ عَلَىٰ رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ
އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكة އާއި، طائف ގެ) މީހުންކުރެ، މާތްމީހަކަށް މި قرآن ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
32أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ
33وَلَوْلَا أَن يَكُونَ النَّاسُ أُمَّةً وَاحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِالرَّحْمَٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ
އަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ ރަސްކަލާނގެއަށް كافر ވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ
34وَلِبُيُوتِهِمْ أَبْوَابًا وَسُرُرًا عَلَيْهَا يَتَّكِئُونَ
އަދި އެއުރެންގެ ގެތަކުގެ ދޮރުތަކާއި، އެއުރެން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ
35وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا ۚ وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ
އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ
އައް-ޒުޙްރުފްޤުރުއާން ފިހުރިސްތު
89އާޔަތް
MeccanRevelation
33އާޔަތް

ތަރުޖަމާ — އައް-ޒުޙްރުފް 33

ސޫރަތު އައް-ޒުޙްރުފް އާޔަތް 33 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ…

ސޫރަތު އާޔަތް 33/89 — އައް-ޒުޙްރުފް الزخرف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޒުޙްރުފް އަޑު އަހާ, އައް-ޒުޙްރުފް ތަރުޖަމާ, އައް-ޒުޙްރުފް mp3, އައް-ޒުޙްރުފް pdf. އާޔަތް 31–35. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers