އަލް-މާއިދާ · 10/120
ތަރުޖަމާ ކިޔެވުން — އަލް-މާއިދާ
وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ ۝١٠
Wallazeena kafaroo wa kazzaboo bi Aayaatinaaa ulaaa`ika Ashaabul Jaheem
📖 ދިވެހި މާނަ
އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ
🎧 އަޑު އަހާ

📜 އާޔަތް 8-12 — އަލް-މާއިދާ

8يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
9وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
إيمان ވެ صالح عمل ކުޅަމީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުރިކަމަށް އެއުރެންނަށް اللَّه وعد ކުރައްވާފައިވެއެވެ
10وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ
އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ
11يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوا إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَاتَّقُوا اللَّهَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ބަޔަކުމީހުން (عداوة ތެރިވުމުގެގޮތުން) ތިޔަބައިމީހުން ނެތިކޮށްލުމަށްރާވައި، އެއުރެންގެ އަތްތަކުން މަސައްކަތް ކުރިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ތިޔަބައިމީހުންގެ ކިބައިން އެއުރެންގެ އަތްތައް ދުރުކުރެއްވިއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (ހަމައެކަނި) اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ
12۞ وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَائِيلَ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا ۖ وَقَالَ اللَّهُ إِنِّي مَعَكُمْ ۖ لَئِنْ أَقَمْتُمُ الصَّلَاةَ وَآتَيْتُمُ الزَّكَاةَ وَآمَنتُم بِرُسُلِي وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّئَاتِكُمْ وَلَأُدْخِلَنَّكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ
ހަމަކަށަވަރުން، اللَّه، إسـرآءيـل ގެދަރިންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިއެވެ. އަދި އެއުރެންގެ ތެރެއިން ބާރަ نقيب ން (އެބަހީ: ބާރަ ވެރިން) ތިމަންރަސްކަލާނގެ اختيار ކުރެއްވީމެވެ. އަދި اللَّه وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއެކު ވޮޑިގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ނަމާދު قائم ކުރާނަމަ، އަދި زكاة ދޭނަމަ، އަދި ތިމަންރަސްކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވެ، އެ رسول ންނަށް نصر ދޭނަމަ، އަދި اللَّه އަށްޓަކައި ހެޔޮވެގެންވާ ދަރަންޏަކުން ދަރަނިދޭނަމަ، (އެބަހީ: اللَّه ގެ މަގުގައި ހޭދަކުރާނަމަ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ވައްދަވާހުށީމެވެ. ދެން އެ އެންގެވުމަށްފަހު، ތިޔަބައިމީހުންގެ ތެރެއިން كافر ވިމީހާ، ފަހެ، ހަމަމަގުން އެއްކިބާވެ ފުރެދިއްޖެކަން ކަށަވަރެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
10އާޔަތް

ތަރުޖަމާ — އަލް-މާއިދާ 10

ސޫރަތު އަލް-މާއިދާ އާޔަތް 10 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން އެއީ، ނަރަކައިގެ أهل…

ސޫރަތު އާޔަތް 10/120 — އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މާއިދާ އަޑު އަހާ, އަލް-މާއިދާ ތަރުޖަމާ, އަލް-މާއިދާ mp3, އަލް-މާއިދާ pdf. އާޔަތް 8–12. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers