އަލް-މުޖާދިލާ · 20/22
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުޖާދިލާ
إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ ۝٢٠
Innal lazeena yuhaaaddoonal laaha wa Rasoolahooo ulaaa`ika fil azalleen
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ

🎧 އަޑު އަހާ


📜 އާޔަތް 18-22 — ސޫރަތު އަލް-މުޖާދިލާ

18يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ
اللَّه، އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަހު، އެއުރެން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެކަލާނގެ حضرة ގައިވެސް އެއުރެން ހުވާކުރާނެތެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެއުރެންވާކަމަށް އެއުރެން ހީކުރެއެވެ. ދަންނާށެވެ! ހަމަކަށަވަރުން އެއުރެންނީ ހަމަ، ދޮގުވެރިންނެވެ
19اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنسَاهُمْ ذِكْرَ اللَّهِ ۚ أُولَٰئِكَ حِزْبُ الشَّيْطَانِ ۚ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ
شيطان އާވަނީ، އެއުރެންގެ މައްޗަށް ވެރިވެގެންފައެވެ. ފަހެ، އެ شيطان އާ، އެއުރެން اللَّه ހަނދުމަކުރުން ހަނދާންނެތިކޮށްލިއެވެ. އެއުރެންނީ، شيطان އާގެ جماعة ގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، شيطان އާގެ جماعة ގެމީހުންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ
20إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ
21كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ
اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ رسول ން (އެއުރެންގެ މައްޗަށް) ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ
22لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ
اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެެ
އަލް-މުޖާދިލާޤުރުއާން ފިހުރިސްތު
22އާޔަތް
MedinanRevelation
20އާޔަތް

ތަރުޖަމާ — އަލް-މުޖާދިލާ 20

ސޫރަތު އަލް-މުޖާދިލާ އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ،…

ސޫރަތު އާޔަތް 20/22 — ސޫރަތު އަލް-މުޖާދިލާ المجادلة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުޖާދިލާ އަޑު އަހާ, ސޫރަތު އަލް-މުޖާދިލާ ތަރުޖަމާ, ސޫރަތު އަލް-މުޖާދިލާ mp3, ސޫރަތު އަލް-މުޖާދިލާ pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers