އަލް-އަންޢާމް · 53/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ ۝٥٣
Wa kazaalika fatannaa ba`dahum biba`dil liyaqoolooo ahaaa`ulaaa`i mannal laahu `alaihim mim baininaa; alaisal laahu bi-a`lama bish shaakireen
📖 ދިވެހި މާނަ
އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحان ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން اللَّه نعمة ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. شكر ވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، اللَّه ކަމުގައިނުވޭ ހެއްޔެވެެ؟

🎧 އަޑު އަހާ


📜 އާޔަތް 51-55 — އަލް-އަންޢާމް

51وَأَنذِرْ بِهِ الَّذِينَ يَخَافُونَ أَن يُحْشَرُوا إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِ وَلِيٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ قرآن ން ކަލޭގެފާނު إنذار ކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، شفاعة ތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން تقوى ވެރި ވުމަށްޓަކައެވެ
52وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ
އަދި އެއުރެން އެކަލާނގެ وجه ފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް دعاء ކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ
53وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ
އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحان ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން اللَّه نعمة ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. شكر ވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، اللَّه ކަމުގައިނުވޭ ހެއްޔެވެެ؟
54وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ
ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازم ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
55وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ
ތިމަންރަސްކަލާނގެ آية ތައް بيان ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
53އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 53

ސޫރަތު އަލް-އަންޢާމް އާޔަތް 53 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحان ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ.…

ސޫރަތު އާޔަތް 53/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 51–55. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers