އަލް-އަންޢާމް · 74/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
۞ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ ۝٧٤
Wa iz qaala Ibraaheemu li abeehi Aazara a-tattakhizu asnaaman aalihatan inneee araaka wa qawmaka fee dalaalim mmubeen
📖 ދިވެހި މާނަ
إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ

🎧 އަޑު އަހާ


📜 އާޔަތް 72-76 — ސޫރަތު އަލް-އަންޢާމް

72وَأَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُ ۚ وَهُوَ الَّذِي إِلَيْهِ تُحْشَرُونَ
އަދި ނަމާދު قائم ކުރުމަށާއި، އެކަލާނގެއަށް تقوى ވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
73وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ الْحَقُّ ۚ وَلَهُ الْمُلْكُ يَوْمَ يُنفَخُ فِي الصُّورِ ۚ عَالِمُ الْغَيْبِ وَالشَّهَادَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އެކަލާނގެއީ، حق ގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، [ވާށޭ] وحى ކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ حق ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
74۞ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ
إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ
75وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ
އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް އުޑުތަކާއި، ބިމުގެ ملكوتى ވެރިކަން ދެއްކެވީމެވެ. އެއީ يقين ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ
76فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ
ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ قوم އަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
74އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 74

ސޫރަތު އަލް-އަންޢާމް އާޔަތް 74 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް…

ސޫރަތު އާޔަތް 74/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 72–76. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers