އަލް-އަންޢާމް · 75/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ ۝٧٥
Wa kazaalika nureee Ibraaheema malakootas samaawaati wal ardi wa liyakoona minal mooqineen
📖 ދިވެހި މާނަ
އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް އުޑުތަކާއި، ބިމުގެ ملكوتى ވެރިކަން ދެއްކެވީމެވެ. އެއީ يقين ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ

🎧 އަޑު އަހާ


📜 އާޔަތް 73-77 — ސޫރަތު އަލް-އަންޢާމް

73وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ الْحَقُّ ۚ وَلَهُ الْمُلْكُ يَوْمَ يُنفَخُ فِي الصُّورِ ۚ عَالِمُ الْغَيْبِ وَالشَّهَادَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އެކަލާނގެއީ، حق ގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، [ވާށޭ] وحى ކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ حق ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
74۞ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ
إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ
75وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ
އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް އުޑުތަކާއި، ބިމުގެ ملكوتى ވެރިކަން ދެއްކެވީމެވެ. އެއީ يقين ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ
76فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ
ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ قوم އަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ
77فَلَمَّا رَأَى الْقَمَرَ بَازِغًا قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَئِن لَّمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ الْقَوْمِ الضَّالِّينَ
ދެންފަހެ، ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެ ހަނދު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ ވެރިރަސްކަލާނގެ ތެދުމަގުގައި އަހުރެން ثابت ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
75އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 75

ސޫރަތު އަލް-އަންޢާމް އާޔަތް 75 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް އުޑުތަކާއި، ބިމުގެ ملكوتى ވެރިކަން ދެއްކެވީމެވެ.…

ސޫރަތު އާޔަތް 75/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 73–77. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers