އަލް-މުމްތަޙިނާ · 5/13
ތަރުޖަމާ ކިޔެވުން — އަލް-މުމްތަޙިނާ
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ۝٥
Rabbana laa taj`alnaa fitnatal lillazeena kafaroo waghfir lanaa rabbanaa innaka antal azeezul hakeem
📖 ދިވެހި މާނަ
އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 3-7 — އަލް-މުމްތަޙިނާ

3لَن تَنفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ ۚ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުންގެ ދަރިން، قيامة ދުވަހުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކޮށްދޭނެތެވެ. ތިޔަބައިމީހުންގެ މެދުގައި އެކަލާނގެ (އެދުވަހުން) ނިޔާކުރައްވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
4قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِن شَيْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ
إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ
5رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
6لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ ۚ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ
އެބޭކަލުންގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއް ވާކަން ކަށަވަރެވެ. اللَّه އާއި، آخرة ދުވަސް އެދޭކަމުގައިވީ މީހަކަށެވެ. އަދި ފުރަގަސްދީ އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ
7۞ عَسَى اللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَاللَّهُ قَدِيرٌ ۚ وَاللَّهُ غَفُورٌ رَّحِيمٌ
އެއުރެންކުރެ ތިޔަބައިމީހުން عداوة ތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
އަލް-މުމްތަޙިނާޤުރުއާން ފިހުރިސްތު
13އާޔަތް
MedinanRevelation
5އާޔަތް

ތަރުޖަމާ — އަލް-މުމްތަޙިނާ 5

ސޫރަތު އަލް-މުމްތަޙިނާ އާޔަތް 5 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި…

ސޫރަތު އާޔަތް 5/13 — އަލް-މުމްތަޙިނާ الممتحنة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މުމްތަޙިނާ އަޑު އަހާ, އަލް-މުމްތަޙިނާ ތަރުޖަމާ, އަލް-މުމްތަޙިނާ mp3, އަލް-މުމްތަޙިނާ pdf. އާޔަތް 3–7. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers