އަތް-ތައުބާ · 104/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ ۝١٠٤
Alam ya`lamooo annnal laaha huwa yaqbalut tawbata `an ibaadihee wa yaakhuzus sadaqaati wa annal laaha Huwat awwaabur Raheem
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللًَّه އީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبول ކުރައްވާ އަދި صدقات قبول ކުރައްވާ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 102-106 — އަތް-ތައުބާ

102وَآخَرُونَ اعْتَرَفُوا بِذُنُوبِهِمْ خَلَطُوا عَمَلًا صَالِحًا وَآخَرَ سَيِّئًا عَسَى اللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
އަދި އެހެންބަޔަކު އެއުރެންގެ ކުށްތަކަށް اعتراف ވޫއެވެ. އެއުރެން ހެޔޮ عمل އަކާއި، ނުބައި އެހެން ކަމަކާ އެއްކޮށްފައިވެއެވެ. اللَّه، އެއުރެން މައްޗަށް توبة ލެއްވުން ގާތްވެގެންވެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
103خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ
އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاء އަކީ، އެއުރެންނަށްއޮތް ހިތްހަމަޖެހުމަކާއި، رحمة އެކެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
104أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ
ހަމަކަށަވަރުން، اللًَّه އީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبول ކުރައްވާ އަދި صدقات قبول ކުރައްވާ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟
105وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عمل ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عمل ތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް މެއެވެ. އަދި مؤمن ތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ
106وَآخَرُونَ مُرْجَوْنَ لِأَمْرِ اللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ
އަދި އެހެންބަޔަކު اللَّه ގެ أمر ފުޅު އަތުވެއްޖައުމަށް ދާނދެން ފަސްކުރައްވާފައިވެއެވެ. އެހެންޏާ އެއުރެންނަށް އެކަލާނގެ عذاب ދެއްވާނެތެވެ. އެހެންޏާ އެއުރެންގެ މައްޗަށް އެކަލާނގެ توبة ލައްވާނެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
104އާޔަތް

ތަރުޖަމާ — އަތް-ތައުބާ 104

ސޫރަތު އަތް-ތައުބާ އާޔަތް 104 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللًَّه އީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبول ކުރައްވާ އަދި…

ސޫރަތު އާޔަތް 104/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 102–106. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers