އަތް-ތައުބާ · 84/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ ۝٨٤
Wa laa tusalli `alaaa ahadim minhum maata abadanw wa laa taqum `alaa qabriheee innahum kafaroo billaahi wa Rasoolihee wa maatoo wa hum faasiqoon
📖 ދިވެހި މާނަ
އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވޫއެވެ. އަދި އެއުރެން މަރުވީ، فاسق ން ކަމުގައިވާ حال ގައެވެ

🎧 އަޑު އަހާ


📜 އާޔަތް 82-86 — ސޫރަތު އަތް-ތައުބާ

82فَلْيَضْحَكُوا قَلِيلًا وَلْيَبْكُوا كَثِيرًا جَزَاءً بِمَا كَانُوا يَكْسِبُونَ
ފަހެ، އެއުރެން މަދުން ހޭހުށިކަމެވެ! އަދި އެއުރެން ގިނައިން ރޯހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ޖަޒާއެއްގެ ގޮތުގައެވެ
83فَإِن رَّجَعَكَ اللَّهُ إِلَىٰ طَائِفَةٍ مِّنْهُمْ فَاسْتَأْذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا مَعِيَ أَبَدًا وَلَن تُقَاتِلُوا مَعِيَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِالْقُعُودِ أَوَّلَ مَرَّةٍ فَاقْعُدُوا مَعَ الْخَالِفِينَ
އެއުރެންގެ ތެރެއިން، ބަޔެއްގެ ގާތަށް اللَّه، ކަލޭގެފާނު އަނބުރާ ފޮނުއްވައިފިނަމަ، އަދި އެއުރެން (ހަނގުރާމަޔަށް) ނުކުތުމަށް إذن އަށް އެދި ކަލޭގެފާނަށް ދަންނަވައިފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ދުވަހަކުވެސް ތިޔަބައިމީހުން، ތިމަންކަލޭގެފާނާ އެކުގައި (ހަނގުރާމަޔަށް) ނުކުމެގެން ނުވާނެއެވެ. އަދި ތިމަންކަލޭގެފާނާ އެކުގައި، ތިޔަބައިމީހުން دشمن އަކާ ހަނގުރާމަކޮށްގެން ނުވާނެއެވެ. ހަމަކަށަވަރުން، ފުރަތަމަ ފަހަރުވެސް (ހަނގުރާމަޔަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމަޔަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ
84وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ
އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވޫއެވެ. އަދި އެއުރެން މަރުވީ، فاسق ން ކަމުގައިވާ حال ގައެވެ
85وَلَا تُعْجِبْكَ أَمْوَالُهُمْ وَأَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ
އަދި އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެތަކެތީގެ ސަބަބުން، އެއުރެންނަށް، ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެއުރެންނީ كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަތައް ނިކުމެގެން ދިއުމަށެވެ
86وَإِذَا أُنزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُن مَّعَ الْقَاعِدِينَ
ތިޔަބައިމީހުން، اللَّه އަށް إيمان ވުމަށާއި، އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް އަންގަވާފައިވާ سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ ތެރެއިން ތަނަވަސްކަމާއި، ބާރުވެރިކަމުގެ أهل ވެރިން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. (ހަނގުރާމަޔަށް ނުގޮސް) ތިބޭ މީހުންނާއެކުގައި ވުމަށް، ތިމަންމެން ދޫކޮށްލައްވާށެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
84އާޔަތް

ތަރުޖަމާ — އަތް-ތައުބާ 84

ސޫރަތު އަތް-ތައުބާ އާޔަތް 84 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ!…

ސޫރަތު އާޔަތް 84/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 82–86. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers