އަތް-ތައުބާ · 92/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوا وَّأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنفِقُونَ ۝٩٢
Wa laa `alal lazeena izaa maaa atawka litahmilahum qulta laaa ajidu maaa ahmilukum `alaihi tawallaw wa a`yunuhum tafeedu minaddam`i hazanan allaa yajidoo maa yunfiqoon
📖 ދިވެހި މާނަ
އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ حال ގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ
🎧 އަޑު އަހާ

📜 އާޔަތް 90-94 — އަތް-ތައުބާ

90وَجَاءَ الْمُعَذِّرُونَ مِنَ الْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُوا اللَّهَ وَرَسُولَهُ ۚ سَيُصِيبُ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ
أعرابى ންގެ ތެރެއިން عذر ވެރިވެގަންނަ މީހުން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) އެއުރެންނަށް إذن ލިބުމަށްޓަކައި އައޫއެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ދޮގުހެދި މީހުން ނައިސް ތިބެއްޖައޫއެވެ. އެއުރެންގެ ތެރެއިން كافر ވި މީހުންނަށް، ވޭންދެނިވި عذاب އައިސް ޖެހޭހުށްޓެވެ
91لَّيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِ ۚ مَا عَلَى الْمُحْسِنِينَ مِن سَبِيلٍ ۚ وَاللَّهُ غَفُورٌ رَّحِيمٌ
ނިކަމެތިންގެ މައްޗަކަށް، އަދި ބަލިމީހުންގެ މައްޗަކަށްވެސް، އަދި (ހަނގުރާމަޔަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށްވެސް ކުށްފާފައެއް ނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް އެއުރެން ތެދުވެރިވެ، إخلاص ތެރި ވީނަމައެވެ. إحسان ތެރިންގެ މައްޗަކަށް (އެއުރެން ކުށްވެރި ކުރާކަށް) އެއްވެސް މަގެއްނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
92وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوا وَّأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنفِقُونَ
އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ حال ގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ
93۞ إِنَّمَا السَّبِيلُ عَلَى الَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَاءُ ۚ رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطَبَعَ اللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ
(ކުށްވެރިކުރުމުގެ) މަގު އޮތްކަން ކަށަވަރީ، މުއްސަނދިން ކަމުގައިވުމާއެކު (ހަނގުރާމަޔަށް ނުގޮސްތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭ މީހުންގެ މައްޗަށެވެ. (ހަނގުރާމަޔަށް) ނުގޮސްތިބޭ އަންހެނުންނާ އެކުގައި ވުމަށް އެއުރެން ރުހުނޫއެވެ. އަދި اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދުކުރެއްވިއެވެ. ފަހެ، އެއުރެންނަކަށް ނޭނގެތެވެ
94يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
ތިޔަބައިމީހުން އެއުރެންނާ ހަމަޔަށް އެނބުރި އަތުވެއްޖެހިނދު، އެއުރެން ތިޔަބައިމީހުންނަށް عذر ދައްކައި އުޅޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިމަންމެން ތިޔަބައިމީހުންގެ ބަސް ތެދެއްނުކުރާނަމެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންގެ خبر ތައް ތިމަންމެންނަށް އަންގަވައިފިއެވެ. އަދި اللَّه، ތިޔަބައިމީހުންގެ عمل ތައް ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެތެވެ. ދެން ތިޔަބައިމީހުން، ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
92އާޔަތް

ތަރުޖަމާ — އަތް-ތައުބާ 92

ސޫރަތު އަތް-ތައުބާ އާޔަތް 92 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް…

ސޫރަތު އާޔަތް 92/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 90–94. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers