ޔޫނުސް · 48/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ۝٤٨
Wa yaqooloona mataa haazal wa`du in kuntum saadiqeen
📖 ދިވެހި މާނަ
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 46-50 — ޔޫނުސް

46وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ اللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ
އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، اللَّه ހެކިވެވޮޑިގަންނަވާނެތެވެ
47وَلِكُلِّ أُمَّةٍ رَّسُولٌ ۖ فَإِذَا جَاءَ رَسُولُهُمْ قُضِيَ بَيْنَهُم بِالْقِسْطِ وَهُمْ لَا يُظْلَمُونَ
އަދި ކޮންމެ أمّة އަކަށްވެސް رسول އަކުވެއެވެ. ފަހެ، (قيامة ދުވަހުން) އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
48وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
49قُل لَّا أَمْلِكُ لِنَفْسِي ضَرًّا وَلَا نَفْعًا إِلَّا مَا شَاءَ اللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَاءَ أَجَلُهُمْ فَلَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. اللَّه އިރާދަކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ أمّة އަކަށްވެސް أجل އެއްވެއެވެ. އެއުރެންގެ أجل އަތުވެއްޖެނަމަ، އެންމެ ساعة އެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ
50قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެކަލާނގެ عذاب، ރޭގަނޑު (ނިދާފައި ތިއްބައި) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބައި) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ عذاب ގެ ތެރެއިން ކޮންކަމެއް ހެއްޔެވެ؟
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
48އާޔަތް

ތަރުޖަމާ — ޔޫނުސް 48

ސޫރަތު ޔޫނުސް އާޔަތް 48 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب…

ސޫރަތު އާޔަތް 48/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 46–50. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers