އަން-ނަޙްލު · 50/128
ތަރުޖަމާ ކިޔެވުން — އަން-ނަޙްލު
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ۝٥٠
yakhaafoona Rabbahum min fawqihim wa yaf`aloona maa yu`maroon
📖 ދިވެހި މާނަ
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ

🎧 އަޑު އަހާ


📜 އާޔަތް 48-52 — އަން-ނަޙްލު

48أَوَلَمْ يَرَوْا إِلَىٰ مَا خَلَقَ اللَّهُ مِن شَيْءٍ يَتَفَيَّأُ ظِلَالُهُ عَنِ الْيَمِينِ وَالشَّمَائِلِ سُجَّدًا لِّلَّهِ وَهُمْ دَاخِرُونَ
އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حال ގައެވެ
49وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِن دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ
50يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ
51۞ وَقَالَ اللَّهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ
اللَّه وحى ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إله ން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ
52وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
50އާޔަތް

ތަރުޖަމާ — އަން-ނަޙްލު 50

ސޫރަތު އަން-ނަޙްލު އާޔަތް 50 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر…

ސޫރަތު އާޔަތް 50/128 — އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަޙްލު އަޑު އަހާ, އަން-ނަޙްލު ތަރުޖަމާ, އަން-ނަޙްލު mp3, އަން-ނަޙްލު pdf. އާޔަތް 48–52. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers