އަން-ނަޙްލު · 83/128
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަޙްލު
يَعْرِفُونَ نِعْمَتَ اللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ ۝٨٣
Ya`rifoona ni`matal laahi summa yunkiroonahaa wa aksaruhumul kaafiroon
📖 ދިވެހި މާނަ
އެއުރެން اللَّه ގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكار ކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، كافر ންނެވެ

🎧 އަޑު އަހާ


📜 އާޔަތް 81-85 — ސޫރަތު އަން-ނަޙްލު

81وَاللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَالًا وَجَعَلَ لَكُم مِّنَ الْجِبَالِ أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
އަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ
82فَإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ الْمُبِينُ
ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ
83يَعْرِفُونَ نِعْمَتَ اللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ
އެއުރެން اللَّه ގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكار ކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، كافر ންނެވެ
84وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا وَلَا هُمْ يُسْتَعْتَبُونَ
ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން كافر ވިމީހުންނަށް (عذر ދެއްކުމަކަށް) إذن އެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެތެވެ
85وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ
އަދި އަނިޔާވެރިވި މީހުން، عذاب ދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
83އާޔަތް

ތަރުޖަމާ — އަން-ނަޙްލު 83

ސޫރަތު އަން-ނަޙްލު އާޔަތް 83 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން اللَّه ގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكار ކުރެތެވެ.…

ސޫރަތު އާޔަތް 83/128 — ސޫރަތު އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަޙްލު އަޑު އަހާ, ސޫރަތު އަން-ނަޙްލު ތަރުޖަމާ, ސޫރަތު އަން-ނަޙްލު mp3, ސޫރަތު އަން-ނަޙްލު pdf. އާޔަތް 81–85. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers