އަލް-އިސްރާއް · 17/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا ۝١٧
Wa kam ahlaknaa minal qurooni mim ba`di Nooh; wa kafaa bi Rabbika bizunoobi `ibaadihee Khabeeram Baseeraa
📖 ދިވެހި މާނަ
نوح ގެފާނަށްފަހު، ކިތައްކިތައް جيل ގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ
🎧 އަޑު އަހާ

📜 އާޔަތް 15-19 — އަލް-އިސްރާއް

15مَّنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا
ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ نفس ގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ نفس ގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذاب ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ
16وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا
އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ أهل ވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) أمر ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި فاسد عمل ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް حق ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ
17وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا
نوح ގެފާނަށްފަހު، ކިތައްކިތައް جيل ގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ
18مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورًا
ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، رحمة ން ދުރުކުރައްވާފައިވާ حال، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ
19وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا
އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبول ވެވި، شكر ލިބިގެންވާ މީހުންނެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
17އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 17

ސޫރަތު އަލް-އިސްރާއް އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : نوح ގެފާނަށްފަހު، ކިތައްކިތައް جيل ގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ…

ސޫރަތު އާޔަތް 17/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers