އަލް-އިސްރާއް · 76/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَإِن كَادُوا لَيَسْتَفِزُّونَكَ مِنَ الْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَافَكَ إِلَّا قَلِيلًا ۝٧٦
Wa in kaadoo la yastafizzoonaka minal ardi liyukhri jooka minhaa wa izal laa yalbasoona khilaafaka illaa qaleelaa
📖 ދިވެހި މާނަ
އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (عداوة ތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (مكة ގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 74-78 — އަލް-އިސްރާއް

74وَلَوْلَا أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا
އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ثابت ކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ
75إِذًا لَّأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا
އޭރުން، دنيوى حياة ގެ (عقوبات ގެ) ދެބަޔާއި، آخرة ގެ (عقوبات ގެ) ދެބައިން ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ރަހަ ދެއްކެވީމުހެވެ. ދެން ތިމަންރަސްކަލާގެ (عذاب) އާ ދެކޮޅަށް، ކަލޭގެފާނަށް نصر ދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
76وَإِن كَادُوا لَيَسْتَفِزُّونَكَ مِنَ الْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَافَكَ إِلَّا قَلِيلًا
އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (عداوة ތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (مكة ގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ
77سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا
(އެއީ) ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
78أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
76އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 76

ސޫރަތު އަލް-އިސްރާއް އާޔަތް 76 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (عداوة ތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (مكة ގެ)…

ސޫރަތު އާޔަތް 76/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 74–78. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers