އަލް-ބަޤަރާ · 133/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ ۝١٣٣
Am kuntum shuhadaaa`a iz hadara Ya`qoobal mawtu iz qaala libaneehi maa ta`budoona mim ba`dee qaaloo na`budu ilaahaka wa ilaaha aabaaa`ika Ibraaheema wa Ismaa`eela wa Ishaaqa Ilaahanw waahidanw wa nahnu lahoo muslimoon
📖 ދިވެހި މާނަ
ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ إله އަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ إله އަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ مسلم ން ކަމުގައި ވެގެންނެވެ
🎧 އަޑު އަހާ

📜 އާޔަތް 131-135 — އަލް-ބަޤަރާ

131إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ
އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް، [ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ] وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންއަޅާ ކިޔަމަންވެއްޖައީމެވެ
132وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ
133أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ
ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ إله އަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ إله އަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ مسلم ން ކަމުގައި ވެގެންނެވެ
134تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ
އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ
135وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُوا ۗ قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
އެއުރެން (އެބަހީ: يهودى ންނާއި نصارى އިން) ބުނެފޫއެވެ. ތިޔަބައިމީހުން يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކީއްހެއްޔެވެ؟ (ތިމަންމެން تبع ވާނީ) باطل ގެ މަގުން އެއްކިބާވެ حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށެވެ. އަދި شريك ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
133އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 133

ސޫރަތު އަލް-ބަޤަރާ އާޔަތް 133 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ނުވަތަ يعقوب ގެފާނުގެ އަރިހަށް މަރުއައިސް حاضر ވިހިނދު ތިޔަބައިމީހުން حاضر ވެ…

ސޫރަތު އާޔަތް 133/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 131–135. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers