އަލް-ބަޤަރާ · 163/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ ۝١٦٣
Wa ilaahukum illaahunw waahid, laaa ilaaha illaa Huwar Rahmaanur Raheem
📖 ދިވެހި މާނަ
އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 161-165 — އަލް-ބަޤަރާ

161إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَٰئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ
ހަމަކަށަވަރުން كافر ވެ އަދި كافر ން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް اللَّه އާއި ملائكة ންނާއި އެންމެހާ މީސްތަކުންގެ لعنة ހުށްޓެވެ
162خَالِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ
އެއުރެން އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ
163وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ
އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ
164إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ
165وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
އަދި اللَّه ފިޔަވައި އެކަލާނގެއާ އެއްފަދަ شريك ން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. اللَّه ދެކެ ލޯބިވާ ފަދައިން، އެއުރެން އެ شريك ން ދެކެ ލޯބިވެތެވެ. އަދި إيمان ވި މީހުން اللَّه ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (آخرة ދުވަހުގެ) عذاب ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ اللَّه އަށް ކަމާއި އަދި ހަމަކަށަވަރުން اللَّه އީ عذاب ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
163އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 163

ސޫރަތު އަލް-ބަޤަރާ އާޔަތް 163 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ.…

ސޫރަތު އާޔަތް 163/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 161–165. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers