އަލް-ބަޤަރާ · 166/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ ۝١٦٦
Iz tabarra al lazeenat tubi`oo minal lazeenattaba`oo wa ra awul `azaaba wa taqatta`at bihimul asbaab
📖 ދިވެހި މާނަ
އެއީ تبع ވެވުނުމީހުން تبع ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެއުރެން (އެބަހީ: އެ ދެބައިމީހުން) عذاب ދެކޭހިނދެވެ. އަދި އެއުރެންގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުތައް ކެނޑިގެންދާ ހިނދެވެ
🎧 އަޑު އަހާ

📜 އާޔަތް 164-168 — އަލް-ބަޤަރާ

164إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ
165وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
އަދި اللَّه ފިޔަވައި އެކަލާނގެއާ އެއްފަދަ شريك ން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. اللَّه ދެކެ ލޯބިވާ ފަދައިން، އެއުރެން އެ شريك ން ދެކެ ލޯބިވެތެވެ. އަދި إيمان ވި މީހުން اللَّه ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (آخرة ދުވަހުގެ) عذاب ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ اللَّه އަށް ކަމާއި އަދި ހަމަކަށަވަރުން اللَّه އީ عذاب ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ
166إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ
އެއީ تبع ވެވުނުމީހުން تبع ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެއުރެން (އެބަހީ: އެ ދެބައިމީހުން) عذاب ދެކޭހިނދެވެ. އަދި އެއުރެންގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުތައް ކެނޑިގެންދާ ހިނދެވެ
167وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُم بِخَارِجِينَ مِنَ النَّارِ
އަދި تبع ވިމީހުން ބުނޫއެވެ. ތިމަންމެންނަށް އަލުން ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދިޔުމެއް ލިބޭނެ ނަމައެވެ. (އެއީ) ތިމަންމެންގެ ކިބައިން ބަރީއަވެގަތް ފަދައިން، ތިމަންމެންވެސް އެއުރެންގެ ކިބައިން ބަރީއަވެގަތުމަށެވެ. އެއުރެންގެ عمل ތަކަކީ، އެއުރެންގެ މައްޗަށްވާ ހިތާމަތަކެއް ކަމުގައި اللَّه އެއުރެންނަށް ދައްކަވަނީ އެފަދައިންނެވެ. އަދި ނަރަކައިގެ ތެރެއިން ނުކުންނާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ
168يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
166އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 166

ސޫރަތު އަލް-ބަޤަރާ އާޔަތް 166 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ تبع ވެވުނުމީހުން تبع ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި…

ސޫރަތު އާޔަތް 166/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 164–168. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers