އަލް-ޙައްޖު · 48/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَيَّ الْمَصِيرُ ۝٤٨
Wa ka ayyim min qaryatin amlaitu lahaa wa hiya zaalimatun summa akhaztuhaa wa ilaiyal maseer
📖 ދިވެހި މާނަ
އެ ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ مهلة ދެއްވީ ކިތައްކިތައް ރަށަށް ހެއްޔެވެ؟ ދެން އެ ރަށްތަކުގެ أهل ވެރިންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. އަދި (އެއުރެން) رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ
🎧 އަޑު އަހާ

📜 އާޔަތް 46-50 — އަލް-ޙައްޖު

46أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ
47وَيَسْتَعْجِلُونَكَ بِالْعَذَابِ وَلَن يُخْلِفَ اللَّهُ وَعْدَهُ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ
އެއުރެން ކަލޭގެފާނުގެ އަރިހުން عذاب އަވަސްވުމަށް އެދޭނެތެވެ. އަދި اللَّه، އެކަލާނގެ وعد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި عدد ކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ
48وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَيَّ الْمَصِيرُ
އެ ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ مهلة ދެއްވީ ކިތައްކިތައް ރަށަށް ހެއްޔެވެ؟ ދެން އެ ރަށްތަކުގެ أهل ވެރިންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. އަދި (އެއުރެން) رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ
49قُلْ يَا أَيُّهَا النَّاسُ إِنَّمَا أَنَا لَكُمْ نَذِيرٌ مُّبِينٌ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ
50فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
ފަހެ، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
48އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 48

ސޫރަތު އަލް-ޙައްޖު އާޔަތް 48 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެ ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ مهلة ދެއްވީ ކިތައްކިތައް…

ސޫރަތު އާޔަތް 48/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 46–50. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers