އަލް-މުއުމިނޫން · 20/118
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުއުމިނޫން
وَشَجَرَةً تَخْرُجُ مِن طُورِ سَيْنَاءَ تَنبُتُ بِالدُّهْنِ وَصِبْغٍ لِّلْآكِلِينَ ۝٢٠
Wa shajaratan takhruju min Toori Sainaaa`a tambutu bidduhni wa sibghil lil aakileen
📖 ދިވެހި މާނަ
އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ

🎧 އަޑު އަހާ


📜 އާޔަތް 18-22 — ސޫރަތު އަލް-މުއުމިނޫން

18وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ
19فَأَنشَأْنَا لَكُم بِهِ جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ لَّكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ، އެ ތަކެތިންނެވެ
20وَشَجَرَةً تَخْرُجُ مِن طُورِ سَيْنَاءَ تَنبُتُ بِالدُّهْنِ وَصِبْغٍ لِّلْآكِلِينَ
އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ
21وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ
22وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ
އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވަތެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
20އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 20

ސޫރަތު އަލް-މުއުމިނޫން އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.)…

ސޫރަތު އާޔަތް 20/118 — ސޫރަތު އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުއުމިނޫން އަޑު އަހާ, ސޫރަތު އަލް-މުއުމިނޫން ތަރުޖަމާ, ސޫރަތު އަލް-މުއުމިނޫން mp3, ސޫރަތު އަލް-މުއުމިނޫން pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers