އާލު-ޢިމްރާން · 100/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا فَرِيقًا مِّنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُم بَعْدَ إِيمَانِكُمْ كَافِرِينَ ۝١٠٠
Yaaa ayyuhal lazeena aamanoo in tutee`oo fareeqam minal lazeena ootul Kitaaba yaruddookum ba`da eemaanikum kaafireen
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ން ކަމުގައި ރައްދުކުރާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 98-102 — އާލު-ޢިމްރާން

98قُلْ يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَاللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން اللَّه ގެ آية ތަކަށް كافر ވަނީ ކީއްވެގެންހެއްޔެވެ؟ اللَّه އީ، ތިޔަބައިމީހުންކުރާ ކަންތަކުގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
99قُلْ يَا أَهْلَ الْكِتَابِ لِمَ تَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَاءُ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން، إيمان ވި މީހަކު اللَّه ގެ މަގުން އެއްކިބާކުރަނީ، ކީއްވެގެން ހެއްޔެވެ؟ (އެ މަގަކީ اللَّه ގެ ތެދުމަގުކަމަށް) ތިޔަބައިމީހުން ހެކިވެތިބެ، އެ މަގު ގުދުކޮށް އޮތުމަށް ތިޔަބައިމީހުން އެދެނީއެވެ. ތިޔަބައިމީހުންކުރާ عمل ތަކާމެދު، اللَّه غافل ވެވޮޑިގެނެއް ނުވެތެވެ
100يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا فَرِيقًا مِّنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُم بَعْدَ إِيمَانِكُمْ كَافِرِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ން ކަމުގައި ރައްދުކުރާނެތެވެ
101وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ آيَاتُ اللَّهِ وَفِيكُمْ رَسُولُهُ ۗ وَمَن يَعْتَصِم بِاللَّهِ فَقَدْ هُدِيَ إِلَىٰ صِرَاطٍ مُّسْتَقِيمٍ
އަދި، اللَّه ބާވައިލެއްވި آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވަނިކޮށް އަދި، ތިޔަބައިމީހުންގެ ތެރޭގައި އެކަލާނގެ رسول އާ ހުންނަވަނިކޮށް، ތިޔަބައިމީހުން كافر ވަނީ ކޮންފަދަޔަކުން ހެއްޔެވެ؟ اللَّه ގެ دين ގައި ހިފަހައްޓާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ
102يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
100އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 100

ސޫރަތު އާލު-ޢިމްރާން އާޔަތް 100 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން…

ސޫރަތު އާޔަތް 100/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 98–102. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers