އާލު-ޢިމްރާން · 129/200
ތަރުޖަމާ ކިޔެވުން — ސޫރަތު އާލު-ޢިމްރާން
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَاللَّهُ غَفُورٌ رَّحِيمٌ ۝١٢٩
Wa lilaahi maa fissamaawaati wa maa fil-ard; yaghfiru limai-yashaaa`u wa yu`azzibu mai-yashaaa`; wallaahu Ghafoorur Raheem
📖 ދިވެހި މާނަ
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 127-131 — ސޫރަތު އާލު-ޢިމްރާން

127لِيَقْطَعَ طَرَفًا مِّنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ فَيَنقَلِبُوا خَائِبِينَ
(އެއީ) كافر ވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ
128لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ
(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ
129وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَاللَّهُ غَفُورٌ رَّحِيمٌ
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
130يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً ۖ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ)
131وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ
އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، كافر ންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
129އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 129

ސޫރަތު އާލު-ޢިމްރާން އާޔަތް 129 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް…

ސޫރަތު އާޔަތް 129/200 — ސޫރަތު އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އާލު-ޢިމްރާން އަޑު އަހާ, ސޫރަތު އާލު-ޢިމްރާން ތަރުޖަމާ, ސޫރަތު އާލު-ޢިމްރާން mp3, ސޫރަތު އާލު-ޢިމްރާން pdf. އާޔަތް 127–131. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers