އާލު-ޢިމްރާން · 3/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ۝٣
Nazzala `alaikal Kitaaba bilhaqqi musaddiqal limaa baina yadaihi wa anzalat Tawraata wal Injeel
📖 ދިވެހި މާނަ
ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސް ބާވައިލެއްވިއެވެ
🎧 އަޑު އަހާ

📜 އާޔަތް 1-5 — އާލު-ޢިމްރާން

1الم
ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެ މެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ)
2اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ
اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ
3نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ
ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސް ބާވައިލެއްވިއެވެ
4مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَ ۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَاللَّهُ عَزِيزٌ ذُو انتِقَامٍ
(އެއީ) قرآن ގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هداية އެކެވެ. އަދި، އެކަލާނގެ، حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّه އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ ރަސްކަލާނގެއެވެ
5إِنَّ اللَّهَ لَا يَخْفَىٰ عَلَيْهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ
ހަމަކަށަވަރުން، اللَّه އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
3އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 3

ސޫރަތު އާލު-ޢިމްރާން އާޔަތް 3 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް…

ސޫރަތު އާޔަތް 3/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 1–5. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers