އަލް-އަޙްޒާބް · 2/73
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޙްޒާބް
وَاتَّبِعْ مَا يُوحَىٰ إِلَيْكَ مِن رَّبِّكَ ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ۝٢
Wattabi` maa yoohaaa ilaika mir Rabbik; innal laaha kaana bimaa ta`maloona Khabeera
📖 ދިވެހި މާނަ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 1-4 — ސޫރަތު އަލް-އަޙްޒާބް

1يَا أَيُّهَا النَّبِيُّ اتَّقِ اللَّهَ وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް تقوى ވެރިވެވަޑައިގަންނަވާށެވެ! އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
2وَاتَّبِعْ مَا يُوحَىٰ إِلَيْكَ مِن رَّبِّكَ ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
3وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
އަދި ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ
4مَّا جَعَلَ اللَّهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ ۚ وَمَا جَعَلَ أَزْوَاجَكُمُ اللَّائِي تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْ ۚ وَمَا جَعَلَ أَدْعِيَاءَكُمْ أَبْنَاءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ ۖ وَاللَّهُ يَقُولُ الْحَقَّ وَهُوَ يَهْدِي السَّبِيلَ
އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللَّه ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ظهار ކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދައިގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިިން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللَّه حق ބަސްފުޅު وحى ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ
އަލް-އަޙްޒާބްޤުރުއާން ފިހުރިސްތު
73އާޔަތް
MedinanRevelation
2އާޔަތް

ތަރުޖަމާ — އަލް-އަޙްޒާބް 2

ސޫރަތު އަލް-އަޙްޒާބް އާޔަތް 2 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع…

ސޫރަތު އާޔަތް 2/73 — ސޫރަތު އަލް-އަޙްޒާބް الأحزاب (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޙްޒާބް އަޑު އަހާ, ސޫރަތު އަލް-އަޙްޒާބް ތަރުޖަމާ, ސޫރަތު އަލް-އަޙްޒާބް mp3, ސޫރަތު އަލް-އަޙްޒާބް pdf. އާޔަތް 1–4. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers