ޣާފިރު · 11/85
ތަރުޖަމާ ކިޔެވުން — ޣާފިރު
قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ ۝١١
Qaaloo Rabbanaaa amat tanasnataini wa ahyaitanas nataini fa`tarafnaa bizunoo binaa fahal ilaa khuroojim min sabeel
📖 ދިވެހި މާނަ
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعتراف ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذاب ން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشر އަށް ފޮނުއްވުމަށް ދިރުއްވުމެވެ)
🎧 އަޑު އަހާ

📜 އާޔަތް 9-13 — ޣާފިރު

9وَقِهِمُ السَّيِّئَاتِ ۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمة ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ
10إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ
ހަމަކަށަވަރުން، كافر ވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، اللَّه ގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް إيمان ވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން كافر ވަމުއެވެ
11قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعتراف ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذاب ން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشر އަށް ފޮނުއްވުމަށް ދިރުއްވުމެވެ)
12ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ
(ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافر ވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريك ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمان ވާކަމަށްޓަކައެވެ. ފަހެ، حكم ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ
13هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
11އާޔަތް

ތަރުޖަމާ — ޣާފިރު 11

ސޫރަތު ޣާފިރު އާޔަތް 11 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ.…

ސޫރަތު އާޔަތް 11/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 9–13. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers