ޣާފިރު · 48/85
ތަރުޖަމާ ކިޔެވުން — ޣާފިރު
قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ ۝٤٨
Qaalal lazeenas takbarooo innaa kullun feehaaa innal laaha qad hakama baynal`ibaad
📖 ދިވެހި މާނަ
ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكم ކުރައްވައި ނިންމަވައިފިއެވެ
🎧 އަޑު އަހާ

📜 އާޔަތް 46-50 — ޣާފިރު

46النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ
އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذاب އަށް) ހުށަހަޅުއްވާނެތެވެ. އަދި قيامة ގެވަގުތު އަންނަދުވަހު (ملائكة ންނަށް އަންގަވާނެތެވެ.) فرعون ގެމީހުން އެންމެގަދަފަދަވެގެންވާ عذاب އަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ
47وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ
އަދި ނަރަކައިގައި އެއުރެން (އެބަހީ: كافر ން) އެކަކު އަނެކަކާ އަރާރުންވާނޭހިނދު، ހަނދުމަކުރާށެވެ! ފަހެ (އެއުރެންކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވީ ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެ ހެއްޔެވެ؟
48قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ
ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكم ކުރައްވައި ނިންމަވައިފިއެވެ
49وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ
އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ
50قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ
އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
48އާޔަތް

ތަރުޖަމާ — ޣާފިރު 48

ސޫރަތު ޣާފިރު އާޔަތް 48 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه،…

ސޫރަތު އާޔަތް 48/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 46–50. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers