ޣާފިރު · 49/85
ތަރުޖަމާ ކިޔެވުން — ސޫރަތު ޣާފިރު
وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ ۝٤٩
Wa qaalal lazena fin Naari likhazanati Jahannamad-`oo Rabbakum yukhaffif `annaa yawmam minal `azaab
📖 ދިވެހި މާނަ
އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ

🎧 އަޑު އަހާ


📜 އާޔަތް 47-51 — ސޫރަތު ޣާފިރު

47وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ
އަދި ނަރަކައިގައި އެއުރެން (އެބަހީ: كافر ން) އެކަކު އަނެކަކާ އަރާރުންވާނޭހިނދު، ހަނދުމަކުރާށެވެ! ފަހެ (އެއުރެންކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވީ ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެ ހެއްޔެވެ؟
48قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ
ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكم ކުރައްވައި ނިންމަވައިފިއެވެ
49وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ
އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ
50قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ
އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ
51إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول ންނަށާއި، إيمان ވި މީހުންނަށް، ދުނިޔޭގެ حياة ގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامة ދުވަހުގައި) نصر ދެއްވާހުށީމެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
49އާޔަތް

ތަރުޖަމާ — ޣާފިރު 49

ސޫރަތު ޣާފިރު އާޔަތް 49 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން…

ސޫރަތު އާޔަތް 49/85 — ސޫރަތު ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޣާފިރު އަޑު އަހާ, ސޫރަތު ޣާފިރު ތަރުޖަމާ, ސޫރަތު ޣާފިރު mp3, ސޫރަތު ޣާފިރު pdf. އާޔަތް 47–51. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers