އަލް-އަޙްޤާފް · 26/35
ތަރުޖަމާ ކިޔެވުން — އަލް-އަޙްޤާފް
وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ ۝٢٦
Wa laqad makkannaahum feemaaa im makkannaakum feehi waj`alnaa lahum sam`anw wa absaaranw wa af`idatan famaaa aghnaa `anhum samu`uhum wa laaa absaaruhum wa laaa af`idatuhum min shai`in iz kaanoo yajhadoona bi Aayaatil laahi wa haaqa bihim maa kaanoo bihee yastahzi`oon
📖 ދިވެހި މާނަ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން اللَّه ގެ آية ތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ
🎧 އަޑު އަހާ

📜 އާޔަތް 24-28 — އަލް-އަޙްޤާފް

24فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا اسْتَعْجَلْتُم بِهِ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ
ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (عذاب) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި عذاب އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ
25تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ
އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ
26وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން اللَّه ގެ آية ތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ
27وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ الْقُرَىٰ وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ
އަދި ހަމަކަށަވަރުން، ރަށްތަކުގެ ތެރެއިން ތިޔަބައިމީހުންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ حجّة ތައް ތަފާތުގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ. (އެއީ ތެދުމަގަށް) އެއުރެން އެނބުރި رجوع ވުމަށްޓަކައެވެ
28فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ قُرْبَانًا آلِهَةً ۖ بَلْ ضَلُّوا عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ
ފަހެ، اللَّه ފިޔަވައި އެކަލާނގެ حضرة އަށް ކުއްތަންވެގަތުމުގެގޮތުން އެހެން إله ންތަކެއް ހިފިމީހުންނަށް އެ إله ންތައް نصر ނުދިނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންގެ ކިބައިން އެ إله ންތައް ގެއްލިހިނގައްޖެއެވެ. އަދި އެއީ އެއުރެންހެދި ދޮގެކެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން ބުނެއުޅުނު ބުނުންތަކެކެވެ
އަލް-އަޙްޤާފްޤުރުއާން ފިހުރިސްތު
35އާޔަތް
MeccanRevelation
26އާޔަތް

ތަރުޖަމާ — އަލް-އަޙްޤާފް 26

ސޫރަތު އަލް-އަޙްޤާފް އާޔަތް 26 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ…

ސޫރަތު އާޔަތް 26/35 — އަލް-އަޙްޤާފް الأحقاف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޙްޤާފް އަޑު އަހާ, އަލް-އަޙްޤާފް ތަރުޖަމާ, އަލް-އަޙްޤާފް mp3, އަލް-އަޙްޤާފް pdf. އާޔަތް 24–28. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers