އަލް-އަޙްޤާފް · 33/35
ތަރުޖަމާ ކިޔެވުން — އަލް-އަޙްޤާފް
أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ۚ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ۝٣٣
Awalam yaraw annal laahal lazee khalaqas samaawaati wal larda wa lam ya`ya bikhal qihinna biqaadirin `alaaa anyyuhiyal mawtaa; balaaa innahoo `alaa kulli shai`in Qadeer
📖 ދިވެހި މާނަ
އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ اللَّه އީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 31-35 — އަލް-އަޙްޤާފް

31يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ
އޭ އަހުރެމެންގެ قوم ގެމީހުންނޭވެ! اللَّه ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: محمد ގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި عذاب ން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ
32وَمَن لَّا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ
އަދި اللَّه ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާއީ ބިމުގައި (اللَّه) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެކަލާާނގެ ފިޔަވައި އޭނާޔަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ
33أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ۚ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ اللَّه އީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
34وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَٰذَا بِالْحَقِّ ۖ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ
كافر ވިމީހުން ނަރަކަޔަށް ހުށަަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ حق ތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ حق ތެދެވެ.) އެކަލާނގެ وحى ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމަށްޓަކައި ވޭންދެނިވި عذاب ގެރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ
35فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ
ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعد ކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ
އަލް-އަޙްޤާފްޤުރުއާން ފިހުރިސްތު
35އާޔަތް
MeccanRevelation
33އާޔަތް

ތަރުޖަމާ — އަލް-އަޙްޤާފް 33

ސޫރަތު އަލް-އަޙްޤާފް އާޔަތް 33 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ اللَّه އީ،…

ސޫރަތު އާޔަތް 33/35 — އަލް-އަޙްޤާފް الأحقاف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޙްޤާފް އަޑު އަހާ, އަލް-އަޙްޤާފް ތަރުޖަމާ, އަލް-އަޙްޤާފް mp3, އަލް-އަޙްޤާފް pdf. އާޔަތް 31–35. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers