އަލް-މާއިދާ · 35/120
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މާއިދާ
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ ۝٣٥
yaaa aiyuhal lazeena aamanut taqul laaha wabtaghooo ilaihil waseelata wa jaahidoo fee sabeelihee la`allakum tuflihoon
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة އަށް ކުއްތަންވުމުގެ މަގު ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެ މަގުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (އެއީ) ތިޔަބައިމީހުން، ދިންނަވައި نصيب ލިބުމަށްޓަކައެވެ

🎧 އަޑު އަހާ


📜 އާޔަތް 33-37 — ސޫރަތު އަލް-މާއިދާ

33إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
اللَّه އާއި، އެކަލާނގެ رسول އާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ
34إِلَّا الَّذِينَ تَابُوا مِن قَبْلِ أَن تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَّحِيمٌ
އެއުރެންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، توبة ވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަން، ތިޔަބައިމީހުން ދަންނާށެވެ
35يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة އަށް ކުއްތަންވުމުގެ މަގު ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެ މަގުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (އެއީ) ތިޔަބައިމީހުން، ދިންނަވައި نصيب ލިބުމަށްޓަކައެވެ
36إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
ހަމަކަށަވަރުން، كافر ވި މީހުން، قيامة ދުވަހުގެ عذاب ން އެއުރެން ސަލާމަތްވެގަތުމަށް އެތަކެތިން فدية ދިނުމަށްޓަކައި، ބިމުގައިވާ އެންމެހާ ތަކެއްޗާއި، އެއާއެކު ހަމައެފަދަ ތަކެތި، އެއުރެންނަށް މިލްކުވެގެންވީ ނަމަވެސް، އެއުރެންގެ ކިބައިން قبول އެއް ނުކުރެއްވީހެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
37يُرِيدُونَ أَن يَخْرُجُوا مِنَ النَّارِ وَمَا هُم بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ
ނަރަކައިގެ އަލިފާނުގެ ތެރެއިން ނުކުތުމަށް އެއުރެން އެދޭނެތެވެ. (ނަމަވެސް) އެތަނުން ނުކުމެވޭނޭ ބަޔަކު ކަމުގައި، އެއުރެން ނުވެތެވެ. އަދި އެއުރެންނަށް ދެމިހުންނަނިވި عذاب ހުށްޓެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
35އާޔަތް

ތަރުޖަމާ — އަލް-މާއިދާ 35

ސޫރަތު އަލް-މާއިދާ އާޔަތް 35 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި…

ސޫރަތު އާޔަތް 35/120 — ސޫރަތު އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މާއިދާ އަޑު އަހާ, ސޫރަތު އަލް-މާއިދާ ތަރުޖަމާ, ސޫރަތު އަލް-މާއިދާ mp3, ސޫރަތު އަލް-މާއިދާ pdf. އާޔަތް 33–37. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers