އަލް-އަންޢާމް · 135/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
قُلْ يَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُ عَاقِبَةُ الدَّارِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ ۝١٣٥
Qul yaa qawmi` maloo `alaa makaanatikum innee `aamilun fasawfa ta`lamoona man takoonu lahoo `aaqibatud daar; innahoo laa yuflihuz zaalimoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން عمل ކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި عمل ކުރާނަމެވެ. آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 133-137 — އަލް-އަންޢާމް

133وَرَبُّكَ الْغَنِيُّ ذُو الرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِن بَعْدِكُم مَّا يَشَاءُ كَمَا أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ آخَرِينَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައި، ތިޔަބައިމީހުންގެ ފަހަށް، އެކަލާނގެ އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުށްޓެވެ. އެއީ ތިޔަބައިމީހުން، އެހެން قوم އެއްގެ ދަރިކޮޅުން އުފެއްދެވި ފަދައިންނެވެ
134إِنَّ مَا تُوعَدُونَ لَآتٍ ۖ وَمَا أَنتُم بِمُعْجِزِينَ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަންރަސްކަލާނގެ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ
135قُلْ يَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُ عَاقِبَةُ الدَّارِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން عمل ކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި عمل ކުރާނަމެވެ. آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ
136وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ
އެ (كافر ވި) މީހުން، اللَّه އަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، نعم ސޫޫފީން ބައެއް އެޅިއެވެ. އެއުރެންގެ باطل ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ اللَّه އަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ شريك ންނަށެވެ. ފަހެ، އެއުރެންގެ شريك ންނަށްވީ ބައިގެ އެއްޗެއް، اللَّه ގެ ފަރާތަކަށް ނުލިބެއެވެ. اللَّه އަށް އެޅިބައި، އެއުރެންގެ شريك ންނަށް ލިބެއެވެ. އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ
137وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك ން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
135އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 135

ސޫރަތު އަލް-އަންޢާމް އާޔަތް 135 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން…

ސޫރަތު އާޔަތް 135/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 133–137. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers