އަލް-އަންޢާމް · 158/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ ۝١٥٨
hal yanzuroona illaaa an taatiyahumul malaaa`ikatu aw yaatiya Rabbuka aw yaatiya ba`du Aayaati Rabbik; yawma yaatee ba`du Aayaati Rabbika laa yanfa`u nafsan eemaanuhaa lam takun aamanat min qablu aw kasabat feee eemaanihaa khairaa; qulin tazirooo innaa muntaziroon
📖 ދިވެހި މާނަ
އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 156-160 — އަލް-އަންޢާމް

156أَن تَقُولُوا إِنَّمَا أُنزِلَ الْكِتَابُ عَلَىٰ طَائِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَافِلِينَ
ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެއުރެން ކުޅަ دراسة އާމެދު غافل ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ
157أَوْ تَقُولُوا لَوْ أَنَّا أُنزِلَ عَلَيْنَا الْكِتَابُ لَكُنَّا أَهْدَىٰ مِنْهُمْ ۚ فَقَدْ جَاءَكُم بَيِّنَةٌ مِّن رَّبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِآيَاتِ اللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِي الَّذِينَ يَصْدِفُونَ عَنْ آيَاتِنَا سُوءَ الْعَذَابِ بِمَا كَانُوا يَصْدِفُونَ
ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ސާފު ހެތްކަކާއި، ތެދުމަގަކާއި، رحمة އެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. اللَّه ގެ آية ތައް ދޮގުކޮށް، އެ آية ތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ آية ތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ عذاب ން، ޖަޒާދެއްވާހުށީމެވެ
158هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ
އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ
159إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ
ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ
160مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
158އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 158

ސޫރަތު އަލް-އަންޢާމް އާޔަތް 158 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب)…

ސޫރަތު އާޔަތް 158/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 156–160. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers