އަލް-އަންޢާމް · 49/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ ۝٤٩
Wallazeena kazzaboo bi Aayaatinaa yamassuhumul `azaabu bimaa kaanoo yafsuqoon
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 47-51 — އަލް-އަންޢާމް

47قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ގެ عذاب ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟
48وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އަދި އުފާވެރިކަމުގެ خبر ދެއްވާ، ބޭކަލުން ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. ފަހެ، إيمان ވެ إصلاح ކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
49وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ
ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ
50قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި اللَّه ގެ خزانة ތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް غيب އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ ملائكة އެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން فكر ނުކުރަނީހެއްޔެވެެ؟
51وَأَنذِرْ بِهِ الَّذِينَ يَخَافُونَ أَن يُحْشَرُوا إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِ وَلِيٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ قرآن ން ކަލޭގެފާނު إنذار ކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، شفاعة ތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން تقوى ވެރި ވުމަށްޓަކައެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
49އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 49

ސޫރަތު އަލް-އަންޢާމް އާޔަތް 49 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު…

ސޫރަތު އާޔަތް 49/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 47–51. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers