އަލް-އަންޢާމް · 65/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ ۝٦٥
Qul huwal Qaadiru `alaaa ai yab`asa `alaikum `azaabam min fawqikum aw min tahti arjulikum aw yalbisakum shiya`anw wa yuzeeqa ba`dakum baasa ba`d; unzur kaifa nusarriful Aayaati la`allahum yafqahoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް عذاب އެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ

🎧 އަޑު އަހާ


📜 އާޔަތް 63-67 — ސޫރަތު އަލް-އަންޢާމް

63قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَانَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް دعاء ކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މިކަމުން ސަލާމަތް ކުރައްވައިފިނަމަ، شكر ވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ
64قُلِ اللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ اللَّه އެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން شريك ކުރަމުއެވެ
65قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް عذاب އެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ
66وَكَذَّبَ بِهِ قَوْمُكَ وَهُوَ الْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ
އެއީ حق ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ قوم ގެމީހުން އެ قرآن ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ حوال ވެގެންހުރި وكيل އަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ
67لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
ކޮންމެ خبر އަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
65އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 65

ސޫރަތު އަލް-އަންޢާމް އާޔަތް 65 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން،…

ސޫރަތު އާޔަތް 65/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 63–67. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers