އަލް-އަންޢާމް · 9/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ ۝٩
Wa law ja`alnaahu malakal laja`alnaahu rajulanw wa lalabasnaa `alaihim maa yalbisoon
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވިނަމަަ، އެ ملائكة އަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ. (ނޯޓު: މި آية ން އެ އަންގަވަނީ މާތްاللَّه، رسول ކަމާއިގެން ملائكة އަކު ފޮނުއްވިނަމަ އެ ملائكة އަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ ملائكة އެއްގެ أصل ސޫރައިގައި ފޮނުއްވިނަމަ، އެ ملائكة އަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدم ގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް اللَّه ހެއްދެވީއެވެ)

🎧 އަޑު އަހާ


📜 އާޔަތް 7-11 — ސޫރަތު އަލް-އަންޢާމް

7وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ كافر ވީ މީހުން ބުނީހެވެ
8وَقَالُوا لَوْلَا أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِيَ الْأَمْرُ ثُمَّ لَا يُنظَرُونَ
އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ ملائكة އަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް مهلة އެއް ނުދެއްވާ ހުށްޓެވެ
9وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ
ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވިނަމަަ، އެ ملائكة އަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ. (ނޯޓު: މި آية ން އެ އަންގަވަނީ މާތްاللَّه، رسول ކަމާއިގެން ملائكة އަކު ފޮނުއްވިނަމަ އެ ملائكة އަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ ملائكة އެއްގެ أصل ސޫރައިގައި ފޮނުއްވިނަމަ، އެ ملائكة އަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدم ގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް اللَّه ހެއްދެވީއެވެ)
10وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ
11قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
9އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 9

ސޫރަތު އަލް-އަންޢާމް އާޔަތް 9 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވިނަމަަ، އެ ملائكة އަކު،…

ސޫރަތު އާޔަތް 9/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 7–11. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers