އަލް-އަންޢާމް · 95/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
۞ إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ ۝٩٥
Innal laaha faaliqul habbi wannawaa yukhrijul haiya minal maiyiti wa mukhrijul maiyiti minal haiy; zaalikumul laahu fa annaa tu`fakoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللّه އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީ اللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 93-97 — އަލް-އަންޢާމް

93وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَا أَنزَلَ اللَّهُ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް وحى ނުކުރައްވަނީސް، ތިމަންނާއަށް وحى ކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި اللّه ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. ملائكة ން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި عذاب ން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، اللّه އާމެދު ބުނެއުޅުނު حق ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ آية ތަކަށް (إيمان ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ
94وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
އަދި (محشر އަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ شفاعة ތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި شريك ން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (شفاعة ތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ
95۞ إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
ހަމަކަށަވަރުން، اللّه އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީ اللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
96فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ
97وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ
އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
95އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 95

ސޫރަތު އަލް-އަންޢާމް އާޔަތް 95 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللّه އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ…

ސޫރަތު އާޔަތް 95/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 93–97. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers