އަލް-އަޢްރާފް · 201/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ ۝٢٠١
Innal lazeenat taqaw izaa massahum taaa`ifum minash Shaitaani tazakkaroo fa izaa hum mubsiroon
📖 ދިވެހި މާނަ
ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 199-203 — އަލް-އަޢްރާފް

199خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ
200وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۚ إِنَّهُ سَمِيعٌ عَلِيمٌ
އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ
201إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ
ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ
202وَإِخْوَانُهُمْ يَمُدُّونَهُمْ فِي الْغَيِّ ثُمَّ لَا يُقْصِرُونَ
އަދި އެ شيطان ންގެ أخ ން، އެއުރެން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެއުރެން ދުލެއް ނުކުރެތެވެ
203وَإِذَا لَمْ تَأْتِهِم بِآيَةٍ قَالُوا لَوْلَا اجْتَبَيْتَهَا ۚ قُلْ إِنَّمَا أَتَّبِعُ مَا يُوحَىٰ إِلَيَّ مِن رَّبِّي ۚ هَٰذَا بَصَائِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةٌ لِّقَوْمٍ يُؤْمِنُونَ
އަދި ކަލޭގެފާނު އެއުރެންނާ ހަމައަށް آية އެއް ނުގެންނަވައިފިނަމަ، އެއުރެން ދަންނަވާނެތެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެކަން اختيار ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު تبع ވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށެވެ. މިއީ (އެބަހީ: މި قرآن އަކީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައި ހެކިތަކެކެވެ. އަދި إيمان ވާ ބަޔަކަށް ތެދުމަގެކެވެ. އަދި رحمة އެއްމެއެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
201އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 201

ސޫރަތު އަލް-އަޢްރާފް އާޔަތް 201 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ،…

ސޫރަތު އާޔަތް 201/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 199–203. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers