އަތް-ތައުބާ · 114/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ ۝١١٤
Wa maa kaanas tighfaaru ibraaheema li abeehi illaa `ammaw `idatinw wa `adahaaa iyyaahu falammaa tabaiyana lahooo annahoo `aduwwul lillaahi tabarra a minh; inna Ibraaheema la awwaahum haleem
📖 ދިވެހި މާނަ
އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) އެކަލާނގެ ކުރައްވާފައިވާ وعد އެއްގެ މަތިން މެނުވީ، إبراهيم ގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް استغفار ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ اللَّه ގެ عداوة ތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، إبراهيم ގެފާނީ، دعاء ކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ
🎧 އަޑު އަހާ

📜 އާޔަތް 112-116 — އަތް-ތައުބާ

112التَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنكَرِ وَالْحَافِظُونَ لِحُدُودِ اللَّهِ ۗ وَبَشِّرِ الْمُؤْمِنِينَ
(އެއީ) توبة ވާ މީހުންނެވެ. (اللَّه އަށް) އަޅުކަންކުރާ މީހުންނެވެ. (އެކަލާނގެއަށް) حمد ކުރާ މީހުންނެވެ. ރޯދަހިފާ މީހުންނެވެ. ركوع ކޮށް سجدة ކުރާ މީހުންނެވެ. ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރާ މީހުންނެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު مؤمن ންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ
113مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ
114وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ
އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) އެކަލާނގެ ކުރައްވާފައިވާ وعد އެއްގެ މަތިން މެނުވީ، إبراهيم ގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް استغفار ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ اللَّه ގެ عداوة ތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، إبراهيم ގެފާނީ، دعاء ކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ
115وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
ބަޔަކަށް ތެދުމަގު ދެއްކެވުމަށްފަހު، اللَّه، އެބަޔަކު މަގުފުރެއްދެވުމަށް އިރާދައެއް ނުކުރައްވަތެވެ. އެބަޔަކަށް އެކަމަކުން ދުރުވެ ރައްކާތެރިވާންވީ ކަމެއް ބަޔާންކޮށްދެއްވައިފުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
116إِنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۚ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން ملك ވެގެންވަނީ اللَّه އަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
114އާޔަތް

ތަރުޖަމާ — އަތް-ތައުބާ 114

ސޫރަތު އަތް-ތައުބާ އާޔަތް 114 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) އެކަލާނގެ ކުރައްވާފައިވާ وعد އެއްގެ މަތިން މެނުވީ،…

ސޫރަތު އާޔަތް 114/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 112–116. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers