މަރްޔަމް · 70/98
ތަރުޖަމާ ކިޔެވުން — ސޫރަތު މަރްޔަމް
ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ۝٧٠
Summa lanahnu a`lamu billazeena hum awlaa bihaa siliyyaa
📖 ދިވެހި މާނަ
ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 68-72 — ސޫރަތު މަރްޔަމް

68فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، شيطان ންނާ އެކުގައި އެއުރެން محشر އަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ حال، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ
69ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا
ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ رحمن ވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ
70ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا
ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ
71وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا
އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ
72ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ
މަރްޔަމްޤުރުއާން ފިހުރިސްތު
98އާޔަތް
MeccanRevelation
70އާޔަތް

ތަރުޖަމާ — މަރްޔަމް 70

ސޫރަތު މަރްޔަމް އާޔަތް 70 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ،…

ސޫރަތު އާޔަތް 70/98 — ސޫރަތު މަރްޔަމް مريم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު މަރްޔަމް އަޑު އަހާ, ސޫރަތު މަރްޔަމް ތަރުޖަމާ, ސޫރަތު މަރްޔަމް mp3, ސޫރަތު މަރްޔަމް pdf. އާޔަތް 68–72. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers