އަލް-ބަޤަރާ · 226/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ۝٢٢٦
Lillazeena yu`loona min nisaaa`ihim tarabbusu arba`ati ashhurin fain faaa`oo fa innal laaha Ghafoorur Raheem
📖 ދިވެހި މާނަ
އެއުރެންގެ އަނބިންނާމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް انتظار ކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ، އެއުރެން (جماع ވުމަށް) އެނބުރި رجوع ވެއްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 224-228 — އަލް-ބަޤަރާ

224وَلَا تَجْعَلُوا اللَّهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح މަސަލަސްކަން قائم ކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
225لَّا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ
ތިޔަބައިމީހުންގެ ހުވާތަކުގައި، قصد އަކާ ނުލައި ބުނާ ބަސްތަކަކުން اللَّه ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ قصد އާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ خلاف ވެއްޖެނަމަ) އެކަލާނގެ ތިޔަބައިމީހުންނަށް عقوبات ދެއްވާނެއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، حليم ވަންތަ ރަސްކަލާނގެއެވެ
226لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
އެއުރެންގެ އަނބިންނާމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް انتظار ކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ، އެއުރެން (جماع ވުމަށް) އެނބުރި رجوع ވެއްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
227وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّهَ سَمِيعٌ عَلِيمٌ
އަދި، އެއުރެން ވަރިކުރުމަށް قصد ކޮށްފިނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
228وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا ۚ وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّهُ عَزِيزٌ حَكِيمٌ
އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
226އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 226

ސޫރަތު އަލް-ބަޤަރާ އާޔަތް 226 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ އަނބިންނާމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް انتظار ކުރުން ވަނީ، ހަތަރު…

ސޫރަތު އާޔަތް 226/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 224–228. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers