އަލް-ބަޤަރާ · 51/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ ۝٥١
Wa iz waa`adnaa Moosaaa arba`eena lailatan summattakhaztumul `ijla mim ba`dihee wa antum zaalimoon
📖 ދިވެހި މާނަ
އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ

🎧 އަޑު އަހާ


📜 އާޔަތް 49-53 — ސޫރަތު އަލް-ބަޤަރާ

49وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ
އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ
50وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ
އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ
51وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ
އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ
52ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ
ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ
53وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ
އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
51އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 51

ސޫރަތު އަލް-ބަޤަރާ އާޔަތް 51 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ!…

ސޫރަތު އާޔަތް 51/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 49–53. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers