އަލް-ބަޤަރާ · 50/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ۝٥٠
Wa iz faraqnaa bikumul bahra fa anjainaakum wa agh-raqnaaa Aala Fir`awna wa antum tanzuroon
📖 ދިވެހި މާނަ
އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ
🎧 އަޑު އަހާ

📜 އާޔަތް 48-52 — އަލް-ބަޤަރާ

48وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ
އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ
49وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ
އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ
50وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ
އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ
51وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ
އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ
52ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ
ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
50އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 50

ސޫރަތު އަލް-ބަޤަރާ އާޔަތް 50 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން…

ސޫރަތު އާޔަތް 50/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 48–52. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers