އަލް-ޙައްޖު · 17/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ۝١٧
Innal lazeena aamanoo wallazeena haadoo was saabi`eena wan nasaaraa wal Majoosa wallazeena ashrakooo innal laaha yafsilu bainahum yawmal qiyaamah; innal laaha `alaa kulli shai`in shaheed
📖 ދިވެހި މާނަ
ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި، مجوسى ންނާއި، شريك ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه، އެއުރެންގެމެދުގައި، قيامة ދުވަހުން ނިޔާކަނޑައަޅުއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 15-19 — އަލް-ޙައްޖު

15مَن كَانَ يَظُنُّ أَن لَّن يَنصُرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى السَّمَاءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُ مَا يَغِيظُ
ދުނިޔެއާއި، آخرة ގައި އެކަލޭގެފާނަށް (އެބަހީ: رسول އާއަށް) اللَّه نصر ނުދެއްވާނެކަމަށް ހީކުރާމީހާ، ފަހެ، މައްޗަށް ވަލެއްޖަހައި، ދެން އޭނާ ދަންޖެހިބަލާށެވެ! ފަހެ، އޭނާ ރޭވިރޭވުމުން، އޭނާ ރުޅިއަންނަކަންތައް ނިކަން ފިލައިތޯ ބަލައިބަލާށެވެ
16وَكَذَٰلِكَ أَنزَلْنَاهُ آيَاتٍ بَيِّنَاتٍ وَأَنَّ اللَّهَ يَهْدِي مَن يُرِيدُ
އެފަދައިން ބަޔާންވެގެންވާ آية ތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރަދާކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ
17إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި، مجوسى ންނާއި، شريك ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه، އެއުރެންގެމެދުގައި، قيامة ދުވަހުން ނިޔާކަނޑައަޅުއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
18أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ ۗ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ ۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ ۩
އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، اللَّه އަށް سجدة ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބަޔަކުގެމައްޗަށް عذاب حق ވެގެންވެއެވެ. އަދި اللَّه، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ
19۞ هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ
މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ خصم ންނެވެ. (އެބަހީ: مؤمن ންނާއި كافر ންނެވެ.) ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
17އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 17

ސޫރަތު އަލް-ޙައްޖު އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި،…

ސޫރަތު އާޔަތް 17/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers