އަލް-ޙައްޖު · 71/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَمَا لَيْسَ لَهُم بِهِ عِلْمٌ ۗ وَمَا لِلظَّالِمِينَ مِن نَّصِيرٍ ٧١
Transliteration
Wa ya`budoona min doonil laahi maa lam yunazzil bihee sultaananw wa maa laisa lahum bihee `ilm; wa maa lizzaalimeena min naseer
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
(އެތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް دليل އެއް އެކަލާނގެ ބާވައިލައްވާފައިނުވާ ތަކެއްޗަށް، اللَّه ފިޔަވައި އެއުރެން އަޅުކަން ކުރެތެވެ. އަދި އެއުރެންނަކަށް އެކަމާމެދު އެއްވެސް علم އެއް ލިބިގެނެއް ނުވެތެވެ. އަދި އަނިޔާވެރިންނަށް، نصر ދޭނެ އެއްވެސްމީހަކު ނުވެތެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 69-73 — އަލް-ޙައްޖު
69اللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، قيامة ދުވަހުން، اللَّه ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާނެތެވެ
70أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަަކީ، اللَّه އަށް ދާދިފަސޭހަކަމެކެވެ
71وَيَعْبُدُونَ مِن دُونِ اللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَمَا لَيْسَ لَهُم بِهِ عِلْمٌ ۗ وَمَا لِلظَّالِمِينَ مِن نَّصِيرٍ
(އެތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް دليل އެއް އެކަލާނގެ ބާވައިލައްވާފައިނުވާ ތަކެއްޗަށް، اللَّه ފިޔަވައި އެއުރެން އަޅުކަން ކުރެތެވެ. އަދި އެއުރެންނަކަށް އެކަމާމެދު އެއްވެސް علم އެއް ލިބިގެނެއް ނުވެތެވެ. އަދި އަނިޔާވެރިންނަށް، نصر ދޭނެ އެއްވެސްމީހަކު ނުވެތެވެ
72وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ تَعْرِفُ فِي وُجُوهِ الَّذِينَ كَفَرُوا الْمُنكَرَ ۖ يَكَادُونَ يَسْطُونَ بِالَّذِينَ يَتْلُونَ عَلَيْهِمْ آيَاتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ النَّارُ وَعَدَهَا اللَّهُ الَّذِينَ كَفَرُوا ۖ وَبِئْسَ الْمَصِيرُ
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، كافر ވި މީހުންގެ މޫނުމަތިން ދެކޮޅުވެރިކަމާއި، ނުރުހުމުގެ علامة ތައް ތިބާޔަށް ފެންނާނެތެވެ. ތިމަންރަސްކަލާނގެ آية ތައް އެއުރެންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް ދެންމެދެންމެ އެއުރެން އަރައިދާނެކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެކަންތަކަށްވުރެ ބޮޑު ނުބަޔަކާ ތިޔަބައިމީހުން ކުރިމަތިވާނެކަމަށް، ތިިމަންކަލޭގެފާނު ތިޔަބައިމީހުންނަށް خبر ދެއްވަން ހެއްޔެވެ؟ އެއީ ނަރަކައެވެ. كافر ވި މީހުންނަށް اللَّه ވަނީ، އެ ނަރަކަ وعد ކުރައްވައިފައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ
73يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ
އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
71އާޔަތް
ތަރުޖަމާ — އަލް-ޙައްޖު 71
ސޫރަތު އަލް-ޙައްޖު އާޔަތް 71 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް دليل އެއް އެކަލާނގެ ބާވައިލައްވާފައިނުވާ ތަކެއްޗަށް، اللَّه ފިޔަވައި…ސޫރަތު އާޔަތް 71/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 69–73. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers








