އަލް-ފުރުޤާން · 46/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
ثُمَّ قَبَضْنَاهُ إِلَيْنَا قَبْضًا يَسِيرًا ۝٤٦
Summa qabadnaahu ilainaa qabdany yaseeraa
📖 ދިވެހި މާނަ
ދެން ތިމަންރަސްކަލާނގެ حضرة އަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 44-48 — އަލް-ފުރުޤާން

44أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا
ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ
45أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاءَ لَجَعَلَهُ سَاكِنًا ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيلًا
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވިނަމަ، ހިމޭންވެހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ
46ثُمَّ قَبَضْنَاهُ إِلَيْنَا قَبْضًا يَسِيرًا
ދެން ތިމަންރަސްކަލާނގެ حضرة އަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ
47وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا
އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ
48وَهُوَ الَّذِي أَرْسَلَ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً طَهُورًا
އަދި އެކަލާނގެ رحمة ގެ ކުރިޔަށް (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެކަލާނގެއެވެ. އަދި طاهر ކުރަނިވި ފެން ތިމަންރަސްކަލާނގެ އުޑުން ބާވައިލެއްވީމެވެ
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
46އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 46

ސޫރަތު އަލް-ފުރުޤާން އާޔަތް 46 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން ތިމަންރަސްކަލާނގެ حضرة އަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި…

ސޫރަތު އާޔަތް 46/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 44–48. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers