އައް-ޝުޢަރާއް · 13/227
ތަރުޖަމާ ކިޔެވުން — އައް-ޝުޢަރާއް
وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ ۝١٣
Wa yadeequ sadree wa laa yantaliqu lisaanee fa arsil ilaa Haaroon
📖 ދިވެހި މާނަ
އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارون ގެފާނުގެ އަރިހަށް (وحى އާއިގެން جبريل ގެފާނު) ފޮނުއްވައި ދެއްވާށެވެ

🎧 އަޑު އަހާ


📜 އާޔަތް 11-15 — އައް-ޝުޢަރާއް

11قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ
އެއީ فرعون ގެ قوم ގެމީހުންނެވެ. އެއުރެން اللَّه އަށް ބިރުވެތި ނުވަނީހެއްޔެވެ؟
12قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ
13وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ
އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارون ގެފާނުގެ އަރިހަށް (وحى އާއިގެން جبريل ގެފާނު) ފޮނުއްވައި ދެއްވާށެވެ
14وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ
އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتل ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ
15قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُم مُّسْتَمِعُونَ
އެކަލާނގެ وحى ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آية ތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ
އައް-ޝުޢަރާއްޤުރުއާން ފިހުރިސްތު
227އާޔަތް
MeccanRevelation
13އާޔަތް

ތަރުޖަމާ — އައް-ޝުޢަރާއް 13

ސޫރަތު އައް-ޝުޢަރާއް އާޔަތް 13 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ…

ސޫރަތު އާޔަތް 13/227 — އައް-ޝުޢަރާއް الشعراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝުޢަރާއް އަޑު އަހާ, އައް-ޝުޢަރާއް ތަރުޖަމާ, އައް-ޝުޢަރާއް mp3, އައް-ޝުޢަރާއް pdf. އާޔަތް 11–15. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers