އާލު-ޢިމްރާން · 182/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ۝١٨٢
Zaalika bimaa qaddamat aideekum wa annal laaha laisa bizallaamil lil`abeed
📖 ދިވެހި މާނަ
އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 180-184 — އާލު-ޢިމްރާން

180وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެއުރެންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެއުރެންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެއުރެންނަށްހުރި ނުބައިކަމެކެވެ. އެއުރެން ދަހިވެތިވި ތަކެތީން قيامة ދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ ملك ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
181لَّقَدْ سَمِعَ اللَّهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ ۘ سَنَكْتُبُ مَا قَالُوا وَقَتْلَهُمُ الْأَنبِيَاءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا عَذَابَ الْحَرِيقِ
ހަމަކަށަވަރުން، اللَّه އީ فقير އެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، اللَّه އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެއުރެން ބުނި ބުނުމާއި، އެއުރެން حق އަކާނުލައި ނަބިއްޔުން قتل ކުޅަކަން ނިކަންހުރެ ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި، (قيامة ދުވަހުން އެއުރެންނަށް) ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ
182ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ
183الَّذِينَ قَالُوا إِنَّ اللَّهَ عَهِدَ إِلَيْنَا أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ النَّارُ ۗ قُلْ قَدْ جَاءَكُمْ رُسُلٌ مِّن قَبْلِي بِالْبَيِّنَاتِ وَبِالَّذِي قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَادِقِينَ
އެއުރެންނީ، އަލިފާން އެ قربان އެއް ކައިލާ، قربان އަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسول އަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް رسول ން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ رسول ން قتل ކުޅައީ ފަހެ، ކީއްވެގެން ހެއްޔެވެ؟
184فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކުޅަނަމަ، (ދެނެވަޑައިގަންނަވާށެވެ!) ފަހެ، ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް رسول ން ދޮގު ކުޅައޫއެވެ. އެބޭކަލުން ވަޑައިގަތީ، ފާޅުވެގެންހުރި ހެކިތަކާއި، ލިޔުއްވާފައިވާ ފަތްފުށްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
182އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 182

ސޫރަތު އާލު-ޢިމްރާން އާޔަތް 182 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّه އީ،…

ސޫރަތު އާޔަތް 182/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 180–184. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers